ENGLISH
06 ޖުލައި 2025
އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ފެނަކައިން ވެސް ޑިސްކައުންޓް ދީފި
11 މޭ 2025
|
ފެނަކަ.. ފޮޓޯ: މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު
މި މަހަކީ ހޫނުގަދަ މަހަކަށް ވާތީ ފާއިތުވި ފާއިތުވި ރަމަޟާން މަހެކޭ އެއްފަދައިން ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓް ބިލަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވެސް ޑިސްކައުންޓް ދީފިއެވެ.
އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭޕްރީލް މަހަކީ ހޫނުގަދަ މަހެއް ކަމުން ކަރަންޓު ބިލު ބޮޑުވާނެތީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ. އަދި އެހެން ކަމުން މި މަހުގެ ކަރަންޓު ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ފައިސާގެ އަދަދު މާރިޗު މަހުގެ ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ ޑިސްކައުންޓު ދިނުމުން ކަމަށެވެ.
އެޕްރީލް މަހުގެ ބިލުން ސްޓެލްކޯ އިން ވެސް ވަނީ ޑިސްކައުންޓް ދީފަ އެވެ.
ދެމަހުގެ ކަރަންޓް ބިލު އެއްވަރު ވުމުން ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.