ENGLISH

06 ޖުލައި 2025

Advertisement

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

11 މޭ 2025

|

ހަސަން އާމިރު

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ އެވެ. އެހެންވެ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން ބުނެފައި ވަނީ ރާއްޖޭގެ ދެކުނަށް މިދިޔަ ބުދަ ދުވަހު ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.

މިއަދު ހަވީރު 6 އާ ހަމައަށް މެޓް އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތުގައި، ދެކުނާއި މެދު ރާއްޖެތެރޭގެ ބައެެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަަށް ވެސް ލަފާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު