ENGLISH

06 ޖުލައި 2025

Advertisement

ރިޔާސީ ކޮމިޝަނުން މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އިދާރާތަކާ ބައްދަލުކޮށްފި

11 މޭ 2025

|

ޝިފްޒާން އަޙްމަދު

ކޮމިޝަނުގެ މެންބަރުން، ފޮޓޯ: ރައީސް އޮފީސް

އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށާއި އެ މައްސަލާގައި ތަހުގީގީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް ތަހުގީގާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށްފިއެވެ. 

ޔުމްނު ރަޝީދު ފުރާޅު ހ.ފެންޓޯނިޔާގެއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ: 

  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގެ އެންމެ ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ. 

ކޮމިޝަނުންވަނީ ޕޯޓަލެއް ގާއިމުކޮށް މި މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ އާއްމުންނަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައެވެ. އޭގެ އިތުރަށް އެ ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔުމުން ކޮމިޝަނާ މައުލޫމާތު ހިއްސާކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. 

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ޔުމްނު ވެއްޓުނު މައްސަލަައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަަފުންނާ ބައްދަލުކުރި ކަމަށެވެ. 

ކޮމިޝަނުން އިތުރަށް ބުނެފައިވަނީ މައްސަަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް ކަމާ ބެހޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރުމުގެ އިތުރަށް މައްސަލައާ ގުޅުންހުރި މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށާފަައިވާ ކަމަށެވެ. 

ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ.މުނައްވަރުވަނީ މި މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އޭނާއަށް ނުވަތަ ކޮމިޝަނަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު