ENGLISH

06 ޖުލައި 2025

Advertisement

މާޗު މަަހުގެ ނިޔަލަށް އަމިއްލަ ހޮސްޕިޓާތަކަށް އާސަންދައިން 56.5 މިލިއަން ރުފިޔާ ދޫކުރި

11 މޭ 2025

|

ޝިފްޒާން އަޙްމަދު

އޭޑީކޭ ހޮސްޕިޓަލް، ފޮޓޯ: ވޮއިސް

އާސަންދައިން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 56.5 މިލިއަން ރުފިޔާ އަމިއްލަ ހޮސްޕިޓާތަކަށް ދޫކޮށްފައިވާކަން އާސަންދައިން ހާމަކޮށްފިއެވެ. 

އެމްއެމްޓީވީން އެދިގެން އާސަންދައިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް އާސަންދައިން އަމިއްލަ ހޮސްޕިޓާތަކަށް އެންމެ ގިނައިން ފައިސާ ދޫކުރި އަހަރަކީ ފާއިތުވި 2024 ވަނަ އަހަރެވެ. އެގޮތުން އެ އަހަރު އެ ކުންފުނިން އަމިއްލަ ހޮސްޕިޓާތަކަށް 418.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. 

އާސަންދައިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާ އެ ކުންފުނިން އަމިއްލަ ހޮސްޕިޓާތަކަށް ދޫކޮށްފައިވެއެވެ. އެގޮތުން  އެ އަހަރުތަކުގައި ދޫކުރި ފައިސާގެ އަދަދުތަކަކީ: 

1- 2019 : 188.9 މިލިއަން ރުފިޔާ 

2- 2020: 200.05 މިލިއަން ރުފިޔާ 

3- 2021: 259.7 މިލިއަން ރުފިޔާ 

4- 2022: 365.9 މިލިއަން ރުފިޔާ 

5- 2023: 403.2 މިލިއަން ރުފިޔާ 

އާސަަންދައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަަ ތިން މަހުގައި އާސަންދައިން އަމިއްލަ ހޮސްޕިޓާތަކަށް ދޫކޮށްފައިވަނީ 56.5 މިލިއަން ރުފިޔާއެވެ. އެ ފައިސާ ދޫކޮށްފައިވަނީ ޖުމްލަ އަމިއްލަ 9 ހޮސްޕިޓަލަކަށެވެ. 

އާސަންދައިން ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭހުގެ އަގު ކޮންޓުރޯލުކުރުމާއި އެނޫންވެސް ބައެއް ފިޔަވަޅުތައް އަޅައި އާސަަންދައިން ބޭކާރު ގޮތުގައި ހަރުދުވުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު