ENGLISH
06 ޖުލައި 2025
ފަލާޙް ޕްރީސުކޫލުން މިއަދު ކުދިން ގެންދިޔައީ "ފަލާހް ވޮންޑަލޭންޑަށް"
11 މޭ 2025
|
ފަލާޙް ޕްރީސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން- ފޮޓޯ: އެމްއެމްޓީވީ
ފަލާހް ޕްރީސުކޫލުން މިއަދު ކުލަގަދަކޮށް، ކުޑަކުދިންގެ ދުވަސް ފާހަގަކޮޮށްފި އެވެ. "ޑިސްނީ ވަރލްޑް" ތީމަށް ޒީނަތްތެރިކޮށްފައި ހުރި ސްކޫލުގެ މައި ދޮރާށީގައި ބޮޑުއަކުރުން ޖަހާފައި އޮޮތީ "ފަލާހް ވޮންޑަލޭންޑް" އެވެ.
ކޮންމެ ދަންފަޅިއަކަށް ކުދިން ސްކޫލަށް ދިއުމުން، ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ސްކޫލްގެ އިސްވެރިން ލޯތްބާއެކު ކުދިންނަށް މަރުޙަބާ ކިއެވެ. ސްކޫލްގެ ގޯތިތެރެއަށް އަޑުއިވޭނޭހެން ކުޑަކުދިންގެ ދުވަހާ ގުޅޭ ޚާއްޞަ ލަވަތައް ޖަހާފައި ހުއްޓެވެ. ސްކޫލުގެ މުޅި ގޯތިތެރެ އާއި ކްލާސްރޫމްތައް ވަނީ "ޑިސްނީ ވަރލްޑް"ގެ ތީމަށް ޒީނަތްތެރިކޮށްފައެވެ. ކުދިން އަޖައިބުވާނެ ހާ ރީތިކޮށް ހަދާފައި ހުރި އެކި ކާޓޫން ކެރެކްޓާތަކާއެކު ތަފާތު އެކި ކުޅިވަރުތައް މިއަދު ވަނީ އެ ސްކޫލުގައި ކުރިއަށްގެންގޮސްފައެވެ.
އެ ސްކޫލުން ބުނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެ ސްކޫލް ތައްޔާރުކުރުމުގެ މަސައްކަތް ދެ ދުވަސްކުރިން ފަށަައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. ސްކޫލް ތައްޔާރުކުރުމަށާއި ކުދިންގެ އުފާވާނެ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބެލެނިވެރިން ދިން އެހީތެރިކަމަށް ސްކޫލުން ޝުކުރުއަދާކުރިއެވެ.
ކުޑަކުދިންގެ ދުވަަސް ފާހަގަކުރުމަށް ސްކޫލުން ކުދިންނަށް ދިން ހަދިޔާގެ އިތުރުން ސްކޫލް މެދުވެރިކޮށް ބެލެނިވެރިންވެސް މިއަދު ވަނީ ކުދިންނަށް "ސަޕްރައިޒް ހަދިޔާ" ވެސް ދީފައެވެ.