ENGLISH
06 ޖުލައި 2025
މަޝްހޫރު ވިޔަފާރިވެރިޔާ ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ
11 މޭ 2025
|
ސަންލޭންޑު ކުންފުނީގެ އެއް ޑިރެކްޓަރ މުހައްމަދު ނަޒީރު. --ފޮޓޯ: އަވަސް
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް މުޙައްމަދު ނަޒީރު ރޭ އަވަހަރާވެއްޖެ އެވެ.
ރާއްޖޭގައި ގިިނަ ރިސޯޓްތަކެއް ހިންގާ ސަންލޭންޑް ހޮޓެލްސްގެ އެއް ޑިރެކްޓަރު ނަޒީރު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިނގިރޭސި ވިލާތުގަ އެވެ.
އައްޑޫ ހުޅުދުއަށް އުފަން ނަޒީރުގެ ސަންލޭންޑް ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި އަދި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން މަކުނުދޫ އައިލެންޑު ރިސޯޓާއި ބިޔާދޫ ރިސޯޓު ހިމެނެއެވެ.
ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ. އަދި ރައީސްގެ ތަޢުޒިޔާގެ މެސެޖް ނިންމަވާލައްވާފައި ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު ނަޒީރު ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.