ENGLISH

19 މޭ 2025

Advertisement

އައިޔޫއެމްގެ "ރިވެލި 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

10 މޭ 2025

|

އިސްމާއީލް ރާތިއު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ-- ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން 2023 ވަނަ އަހަރުން ފެށިގެން އިންތިޒާމު ކުރަމުން އަންނަ "ރިވެލި" ގެ މި އަހަރުގެ އަދަދުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހަރަކާތަކީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުން، ދިވެހިރާއްޖޭގެ އެކަޑެމިކް ކޮމިއުނިޓީ ތެރޭގައި ދިރާސާކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމަކީ ދަރިވަރުންގެ ދިރާސާތައް ހުށަހެޅުމަށް ހަރުދަނާ މާހައުލެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ.

ދިވެހިރާއްޖޭގެ ކޮންމެ ތަޢުލީމީ އިދާރާއެއްގައި ކިޔަވަމުންދާ ދަރިވަރަކަށްވެސް ބައިވެރިވެވޭ ގޮތަށް ބޭއްވޭ މި ހަރަކާތަކީ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ ދިރާސާތައް ހުށަހަޅާ، ޚިޔާލު ބަދަލުކޮށް އަދި ދިރާސާއައިގެން ކުރިއަށްދާނެ ގޮތުގެ މުހިންމު އިރުޝާދުތަކެއް ލިބިގެންދާނެ ހަރަކާތެއް ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ.

މި ހަރަކާތުގައި މައިގަނޑު މުބާރާތެއްގެ ގޮތުގައި ކުރިއަށްދާނީ "ދަ ޕްރޮޕޯޒަލް ޕިޗް" ކަމަށާއި، މުބާރާތުގެ ހަވާސާގައި ކުއިޒްތަކެއްގެ އިތުރުން އެހެނިހެން ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ. އަދި މިހަރަކާތްތަކަކީ ތަފާތު މައުލޫމާތު ލިބުމުގެ އިތުރުން ވަގުތުން އިނާމުވެސް ލިބޭނެ ހަރަކާތްތަކެއް ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ.

"ރިވެލި" އިންތިޒާމު ކުރުމުގެ މަގުސަދުތައް:

- ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ހުނަރު ދިރުވާ، ދަރިވަރުންގެ ހުނަރު ބަލައިގަތުން

- ބައިވެރިންގެ ހުށަހެޅުންތެރިކަމާއި މުޢާމަލާތު ކުރުމުގެ ހުނަރު ތަރައްގީކުރުން

- ދަރިވަރުންގެ މަސައްކަތަށް އަގުހުރި ފީޑްބެކްގެ އިތުރުން މެންޓަރޝިޕް އޮޕޮޗުނިޓީ ލިބުން

- ރިވޯޑް އާއި ރިކޮގްނިޝަން މެދުވެރިކޮށް ދަރިވަރުންގެ އެކަޑެމިކް ކާމިޔާބީ ފާހަގަކުރުން

- ކޮލާބޮރޭޓިވް އަދި އެކަކު އަނެކަކަށް އެހީވާ ރިސަރޗް ކޮމިއުނިޓީއެއް ބިނާކުރުން

މި ހަރަކާތުގައި ކުރީ އަހަރުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، "ދަ ޕްރޮޕޯޒަލް ޕިޗް" ގައި ބައިވެރިވެ، ކަނޑައެޅިފައިވާ ފަސް މިނެޓުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހަޅާލެވުމުން ދިރާސާ އިތުރަށް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރަކަށް ވެގެންދިޔަ އެވެ. އަދި މި ހަރަކާތަކީ އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކުގެ މަސައްކަތްތައް ހިއްސާކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށްވެސް ހަރަކާތުގައި ކުރީ އަހަރުތަކުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

މި އަހަރުގެ "ރިވެލި" ގައި ބައިވެރިވުމުގެ ފުރުސަތު 15 މެއި 2025 ވަނަ ދުވަހުގެ 13:00 އާ ހަމައަށް އޮންނާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ. އަދި ހަރަކާތް އޮންނާނީ 31 މެއި 2025 ވަނަ ދުވަހުގެ 08:00 އިން ފެށިގެން 16:00 އާ ހަމައަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

ކިޔުންތެރިންގެ ހިޔާލު