ENGLISH
19 މޭ 2025
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: ޑރ.ޢާއިޝަތު ޝިހާމް
10 މޭ 2025
|
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންގެ ތެރެއިން 72 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަަނާ މިފަދައިން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގއެވެ. ކުޑަކުދިންނައި އާއިލާތަކަށާއި އެކުދިންނަށް އަޅައިލާ ބަލަހައްޓާ އެންމެހާ ފަރާތްތަކާއި ހުރިހާ ދިވެހި ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރެއްވުމާއެކު މިނިސްޓަރު ވިދާޅުވީ، މި އަަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރުގައި ފާހަގަކުރާ ފަދައިން މައިންބަފައިން ކުޑަކުދިންނާއެކު ހޭދަކުރާ ވަގުތާއި އެވަގުތުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަހުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ޝިއާރުގައި ކުޑަކުދިންގެ އުފާވެރިކަމުގެ ދެވަނަ އަސާސެއްގެ ގޮތުގައި ފާހަގކުރާ މައިންބަފައިންނާއި ދަރީންގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި ހިތްވަރާއި އެހީތެރިކަމަކީ އެކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް މުހިއްމު ކަންތައްތަކެއް ކަމަށެވެ.
"އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދޭ. މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށް.،" މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ޝަހުސިއްޔަތު ބިނާކުރުމާއި، އަހުލާގީ މިންގަނޑުތަކާއި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމުގައި އާއިލީ ވެއްޓަކީ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކަންތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މާހައުލެއްގައި ކުޑަކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަގުބަލު ބިނާކުރުމަށް މުހިއްމު ކަންތައްތަކެއް ކަމުގައިވީ ނަމަަވެސް، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންނަންޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ.
މަރުކަޒެއްގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ފައިދާހުރި ގޮތް ނޫންކަަން ދިރާސާތަކުން ސާބިތުވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ރައްކާތެރިކަން ލިބިގެން ބޮޑުވާ ކުއްޖެއްކަން ކަށަވަަރުކުރެއްވުން ކަމަށެވެ.
"އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދޭ. މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށް.،" ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ޑރ.ޢާއިޝަތު ޝިހާމު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، ކޮންމެ ކުއްޖަކީވެސް ރައްކާތެރި ލޮބުވެތި މާހައުލެއްގައި ބޮޑުވާ ކުއްޖެއްކަަން ކަށަވަރުކުރުމުގައި އެންމެން އެކުއެކީ މަސައްކަތްކުރެވިދާނެ ކަމުގެ ރިވެތި ނަމޫނާއެއް ކަމަށެވެ.