ENGLISH

19 މޭ 2025

Advertisement

އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކަށްވެސް އަމާން، ރައްކާތެރި، އުފާވެރި ވެއްޓެއް ހޯދައިދިނުމަށް: ޑރ. ޝަފީޢު

10 މޭ 2025

|

އިސްމާއީލް ރާތިއު

ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ސީއެޗްއެސްއީ (މާލެ) އަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން-- ފޮޓޯ: ތަޢުލީމީ ވުޒާރާ

އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކަށްވެސް އަމާން، ރައްކާތެރި، އުފާވެރި ވެއްޓެއް ހޯދައިދިނުން ކަމަށް، ތަޢުލީމާބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ކުޑަކުދީންގެ ދުވަހުގެ މުނާސަބުގައި އެމަނިކުފާނު ދެއްވި ޚިޠާބުގައި ކޮންމެ ސްކޫލަކީ ވެސް ކިޔަވާ ކުދީންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ސްކޫލަކަށް ހެދުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަން ހާސިލުކުރެވޭނީ މުދައްރިސުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރީންނާއި މިނިވަން މުއައްސަސާތައް ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.

އަދި އެންމެން ގުޅިގެން މިކަން ހެޔޮގޮތުގައި ކުރެވިއްޖެނަމަ، ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދެވޭނެ ކަމަށާއި، ޤައުމައިގެން ކުރިއަށްދާނެ އޮއްޓަރުހުރި ޖީލެއް ބިނާކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިދުވާހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވެސް ވަނީ ގޭތެރެއިންނާއި މަގުމަތީންނާއި އަދި މިނޫން ކޮންމެ ތަނަކުންވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ ރީތި މާޙައުލެއް ކުޑަކުދީންނަށް ދެއްކުމަށްވެސް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އަދި ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު