ENGLISH

11 މޭ 2025

Advertisement

ޑިޖިޓަލައިޒޭޝަންގެ ސިޔާސަތު ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ ރައީސް ޗެއާކުރައްވާ ކައުންސިލުން

09 މޭ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ދިވެހި ރާއްޖެ ޑިޖިޓަލައިޒްގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް ފެށި "ދިވެހިރާއްޖެ 2.0" ގެ ސިޔާސަތު ތަންފީޒުކުރަމުން ދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗެެއާރ ކުރައްވާ ޚާއްސަ ކައުންސިލަކުން ކަމަށް  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވި އެވެ.

"ދިވެހިރާއްޖެ 2.0" ސަމިޓް ހުޅުވުމަށް މިރޭ "ބާސެލޯ ނަސަންދުރާ" ގައި ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ ޑިޖިޓަލައިޒްގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން ކައުންސިލްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އެ ކައުންސިލުގައި އެ ދާއިރާގެ ތަޖުރިބާކާރުން ތިއްބަވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ ޑިޖިޓަލައިޒުގެ ދާއިރާއިން ދިވެހިރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލި ސިޔާސަތު މިއަދު ތަންފީޒުކުރާއިރު މިއީ ދުނިޔޭގައި މި ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ބޭފުޅުނާއި ރާއްޖޭގައި ތިބި އެ ދާއިރާގެ ފުންނާބު އުސް މާހިރުންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލި ސިޔާސަތެއް ކަމަށެވެ. އަދި ވިދާޅުވީ މި ސިޔާސަތަކީ ދައުލަތުގެ ތިން ބާރާއި ހުރިހާ މުވައްސަސާތަކެއް ފުރިހަމައަށް ބައިވެރިވާ ގޮތަށް ތަންފީޒުކުރަން ފަށާ ސިޔާސަތެއް ކަމަށެވެ.

ދެ ދުބަރަކަށް ކުރިއަށް ގެންދާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގައި ހިމަނާނެ ކަންތަތަކަށް މުވައްސަސާތަކުގެ މެދުގައި އެއްބަސްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ބާރު ސުޕީޑުގައި ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު