ENGLISH

09 މޭ 2025

Advertisement

ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީންތަކެއް ހުއްޓުވައި ހައްޔަރުކޮށްފި

09 މޭ 2025

|

ޢަލީ ޝަހީމް

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން. ފޮޓޯ: ޕޮލިސް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދުއްވަމުންދިޔަ ހަތަރު ފުރޮޅުލީ އުޅަނދެއް ހުއްޓުވައި، އެ އުޅަނދުން ފެނުނު ބަނގުރާ ފުޅިތަކާއެކު ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ ދުއްވާފައި ދިޔަ AB1B C4278 އުޅަނދު ހުއްޓުވައި ބެލިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ 40 ފުޅި ފެނިފައިވާ ކަމަށެވެ. އެއީ 500 އެމްއެލްގެ ފުޅިތަކެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. 

އެ މައްސަލައާ ގުޅިގެން އުޅަނދުން ދަތުރުކުރި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރުމުގެ އިތުރުން އެ އުޅަނދު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 

ފުލުހުން މިހާރު އަންނަނީ އެމައްސަލަ ތަހްގީގް ކުރަމުންނެވެ.

ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކުރިިއިރު މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މައްސަލައަކާ ގުޅިގެން އުމުރުން 40 އަހަރުގެ ދިވެއްސަކުވެސް ހައްޔަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު