ENGLISH

05 ޖުލައި 2025

Advertisement

މެރިކަލްޗަރ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން މުހިންމު: ފިޝަރީޒް މިނިސްޓަރ

09 މޭ 2025

|

ނަސްމާ ޢަބްދުލް މުޙުސިން

ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

އެއްވެސް ސިނާޢަތަކީ ވަކި މިންތިއަކަށް ޚާއްޞަ ސިނާއަތަކަށް ވުން ލާޒިމު ނޫންކަމަށާއި، މެރިކަލްޗަރ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން މުހިންމުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމުމަށް ބުދަ ދުވަހު ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަކި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށް ވިދާޅުވެ، ދާއިރާއިން ބޭނުންވާ މިންވަރަށް މީހުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އެކި ކަންކޮޅުތަކުގައި ވަޒީފާ އާއި އާމްދަނީގެ ފުރުޞަތުތައް އުފައްދައިދިނުމުގެ ޤާބިލިއްޔަތު މެރިކަލްޗަރ ސިނާޢަތުގައި އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބުދަ ދުވަހު ނިންމި ތަމްރީނު ޕްރޮގްރާމުގައި އަންހެން ބައިވެރިއެއް ދަސްވެނިވުމަކީ އީޖާބީ ނިޝާނެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

އަހަރަކު ދެ ފަހަރު ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، މޭ މަހު ކުރިއަށްގެންގޮސްފައިވަނީ ކ. މަނިޔަފުށީގައެވެ. މި ބުރުގައި ރާއްޖޭގެ ނުވަ ސަރަޙައްދަކުން މީހުން ތަމްރީންކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު