ENGLISH

05 ޖުލައި 2025

Advertisement

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން "އުފާ ފެސްޓިވަލް" ބާއްވަނީ

08 މޭ 2025

|

އަޙުމަދު ޙަމީދު

ކުރީން ބޭއްވި ހަރަކާތެއްގައި ރޮބޯމޭން

ޤައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން "އުފާ ފެސްވިޓަލް" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ. 

މި ހަވީރު އޮންނާނީ ހުޅުމާލެ ފެސް-2 ހިޔާ ޕާކު ސަރަހައްދުގަ އެވެ. 

ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް، ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް މި ފެސްޓިވަލް ގައި ކުޑަކުދިންނައްޓަކައި ތައްޔާރު ކުރެވިފައި ހުންނާނެ ކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

މީގެ އިތުރުން މި ފެސްޓިވަލަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެ އެވެ. 

މި ހަވީރު ކުރިއަށްދާނީ 10 މޭ ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ. 

ހަމައެހެންމެ، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 ގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީއާއި ގުޅިގެން އިންތިޒާމުކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު