ENGLISH

05 ޖުލައި 2025

Advertisement

މުލީ އެއާޕޯޓް ދަތުރުތަކަށް ހުޅުވާލައިފި، ތިން އެއާލައިނަށް ދަޢުވަތު

08 މޭ 2025

|

އަޙުމަދު ޙަމީދު

މުލަކަތޮޅު މުލީގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި

މުލަކަތޮޅު މުލީގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ގިނަ ރީޖަނަލް އެއާޕޯޓްތައް ހިންގަމުން އަންނަ ކުންފުނިން ބުނީ މުލީގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ފަސް އަހަރެއްހާ ދުވަސްކުރީން މަސައްކަތް ފެށި އެއާޕޯޓްގެ މަސައްކަތް ނިމި ޓެސްޓް ފްލައިޓް ވެސް ޖައްސާފައިވާއިރު އެ އެއާޕޯޓްގެ ކޮމާޝަލް އޮޕަރޭޝަން ފެށުމަށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ އެއާލައިންތަކަށް ކަމަށްވާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާއަށް މިހާރު ވާނީ ފުރުސަތު ދީފައި ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

މިއީ މ. އަތޮޅުގައި ޤާއިމްކުރި ފުރަތަމަ އެއާޕޯޓެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި ވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ.

މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު