ENGLISH

05 ޖުލައި 2025

Advertisement

ތެލެސީމިއާ ސެންޓަރު ހިންގުމަށް ވަރަށް އަވަހަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރެވޭނެ: ރައީސް

08 މޭ 2025

|

ޝަރާ އަބްދުﷲ

ތެލެސީމިއާ ސެންޓަރު ހިންގުމުގެ މަސައްކަތް ވަރަށް އަވަހަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވީހާވެސް ގާތުން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރެއްވުމަށް އެމަނިކުފާނު ކުރިއަށްގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެކޭ އެއްފަދައިން ޚިދުމަތް ދިނުމަށްޓަކާ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރަން ނިންމެވީ ތެލެސީމިއާ ހުންނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

" ވަރަށް އަވަހަށް އެމްބީއެސް ހިންގުމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އާ ހަވާލު ކުރެވޭނެ، " -  ރައީސް

ތެލަސީމިއާ ސެންޓަރުގައި ހައްލުނުވެ ހުރި މައްސަލަތަކަށް ހައްލު ހޯއްދަވަމުން ގެންދަ ވަނީ ތެލެސީމިއާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާ މަޝްވަރާކުރައްވާފައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮރެންޖް ހިޔާގެ މަސައްކަތް ނިމި މިއަދު ހުޅުވާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އޮރެންޖް ހިޔާ ހުޅުވުމަށް ސިފައިން ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.

"އެތަން ނިންމުމަށް ވަރަށް ބުރަކޮށް ސިފައިން އުޅުއްވި. އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން " - ރައީސް

ރައީސް އިތުރަށް ވިދާޅުވީ، ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ނަރުހުންނާއި ޑޮކްޓަރުން ހޯދުމަށް ބަޖެޓު ހަމަޖެހި އެޕްރޫވް ކޮށްފައިވާ ކަމަށާއި ވަސީލަތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ހޮސްޕިޓަލެއް ގޮތަށް ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފެށުމުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު