ENGLISH

06 ޖުލައި 2025

Advertisement

ވަޒީރު ޑރ. ހައިދަރު ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައިފި

08 މޭ 2025

|

ޢަލީ ޝަހީމް

ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި ޑރ. އަލީ ހައިދަރު ބައިވެރިވަޑައިގަންނަވަނީ. -ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު، ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނާ އޮންލައިންކޮށް ބައެްދަލުކުރައްވައި، އެ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

އެ ވުޒާރާއިން ބުނީ ދަރިވަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރެއިނިން ހަދަމުންގެންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވި ކަމަށެވެ. 

ބައްދަލުވުމުގައި ވަޒީރު ޑރ. ޢަލީ ހައިދަރު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. އަދި، ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެފައިވެއެވެ. 

ސްޕެއިންގައި ކިޔަވާ ބައެއް ދަރިވަރުންނަށް ވިސާގެ މައްސަލަތައް ދިމާވުމާއި ސްޓައިޕެންޑް ލިބުމުގައި މައްސަލަތަކެއް އުޅޭތީ، އެކަމާ ގުޅޭގޮތުން މީގެކުރިން ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ވަޒީރު ޑރ. ޢަލީ ހައިދަރު އެ ދަރިވަރުންނާއި ވަކިން ބައްދަލުކުރެއްވީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. 

މަތީ ތަޢުލީމު އުނގެނުމަށް ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. 

ސަރުކާރުން މިހާރު ވަނީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1200 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އަދި ދަރިވަރުންގެ ޝަކުވާތަކަށް ވަގުތުން ޖަވާބުދާރީވުމަށް އޮންލައިން ޕޯޓަލް އުފައްދައި މިއަހަރުގެ އޮކްޓޫބަރު މަހު ތައާރަފްކުރާނެކަމަށް ވަޒީރު ޑރ. ޢަލީ ހައިދަރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު