ENGLISH
05 ޖުލައި 2025
އޮރެންޖު ހިޔާގެ މަސައްކަތް ނިންމައި، ސިއްޙީ ވުޒާރާއާ ހަވާލުކޮށްފި
08 މޭ 2025
|
އޮރެންޖް ހިޔާ.. ފޮޓޯ: އެމްއެންޑީއެފް
ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.
"ރައްޔިތުންނާއެކު" މި ނަމުގައި ރައީސް ކުރިޔަށްގެންދަވާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އޮރެންޖް ހިޔާ އަށް އެތަން ބަދަލު ކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްގެން ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ތެލަސީމިއާ ޕޭޝަންޓުންނާއި އެހީތެރިންނަށް ހިލޭ އެމްޓީސީސީ ބަހުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.
""އެތަނުގެ ޚިދުމަތް ހޯދަން ހަމަ ވަރަށް ގިނަ މާލޭގައި ތިބި ތެލެސީމިއާ ކުދިން ވެސް ދާނެ. އަޅުގަނޑު މި ކަނޑައެޅީ، އެމްޓީސީސީގައި މި އޮންނަ ބަސް ސާވިސްގެ ތެރެއިން އެތަނަށް ޚާއްސަ ބަސް ސްޓޮޕެއް ކަނޑައަޅަން، އެތަނަށް މަޑުކުރާ ގޮތަށް. އެތަން ހުޅުވެން ވާއިރަށް، އޮރެންޖް ހިޔާ ހުޅުވެން ވާއިރަށް ހުންނާނީ ހަމަޖެހިފައި" " - ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އަދި، ސެންޓަރުގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ އަދަދު މަދުވުމުން، އެ ދަތިކަން ޙައްލުކުރެއްވުމަށް ވެސް ރައީސް ވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ކުރެވެމުން ދާއިރު، އެ މަސައްކަތްތަށް އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުންދާކަމީ، މިކަމަށް އެމަނިކުފާނު ދެއްވާ އަޙައްމިއްޔަތު ކަމުގެ އަލިގަދަ ޙެއްކެކެވެ.
ދުނިޔޭގެ ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިކަން ވެގެންދަނީ، ގިނަ ޢާއިލާތަކަކަށް ވަރަށް އުފާވެރި ޚަބަރަކަށެވެ.