ENGLISH

05 ޖުލައި 2025

Advertisement

ތެލަސީމިއާގެ އަސަރު ކުރާ ކޮންމެ ދިރިއުޅުމަކަށް އެހީތެރިވާނަން: ނާޒިމް

08 މޭ 2025

|

ޝަރާ އަބްދުﷲ

ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް

ތެލަސީމިއާ ބަލީގެ އަސަރުކުރާ ކޮންމެ ދިރިއުޅުމަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލަސީމިއާ ބަލީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ، ތެލަސީމިއާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށެވެ.

މިއަހަރުގެ ތެލަސީމިއާ ދުވަހުގެ ޝިޔާރަކީ " އޯލް ޓުގެދާރ ފޯ ތެލަސީމިއާ: ޔުނައިޓިންގ ކޮމިއުނިޓީސް، ޕްރަޔޯރިޓައިޒިން ޕޭޝެންޓްސް" އެވެ.

މިދުވަހާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ވަނީ ޙިޠާބެއް ވެސް ދެއްވާ އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ތެލެސީމިއާގެ ކަންކަން ހަމަމަގަށް އަޅުވައި، ތެލެސީމިއާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު