ENGLISH
05 ޖުލައި 2025
ތިނަދޫޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާވި މީހާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެނީ
07 މޭ 2025
|
ދަރުމަވަންތަ ހޮސްޕިޓަލް
ގދ. ތިނަދޫޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާވި މީހާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ސައިކަލަކާއި ކާރެއް ޖެހި ކަމަށެވެ. އެކްސިޑެންޓް ގައި ސައިކަލު ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ.
އެ މީހާއަށް ފުރަތަމަ ފަރުވާ ދިނީ ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އޭގެ ފަހުން މާލެ ގެެނެސް ފަރުވާ ދޭން ފެށި އެވެ.
އެ މީހާގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާ އޮޕަރޭޝަނަށް ފަހު އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އަންހެން މީހާގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަަމަށެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ ހާޒިރުކޮށް ތަހުޤީޤަށް ސުވާލު ކޮށްފައިވާ ކަމަށާ މައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.