ENGLISH

05 ޖުލައި 2025

Advertisement

ހެންވޭރުގައި ހުންނަ ގެއެއްގެ ފާޚާނާގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

07 މޭ 2025

|

އަޙުމަދު ޙަމީދު

މާލެ

ހެންވޭރުގައި ހުންނަ ގެއެއްގެ ފާޚާނާގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލެ, ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާޚާނާގައި ނިޔާވެފައި އޮއްވާ މީހަކު ފެނިގެން ފުލުހުން ހަަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ މީހާގެ ވަނަވަރު ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 46 އަހަރުގެ މީހެކެވެ. އެއީ ގ. ލަންކާ މުހައްމަދު މުފީދެވެ.

އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު