ENGLISH

05 ޖުލައި 2025

Advertisement

ދަނޑުވެރި ނަފާ ލޯން ސްކީމްގެ ދަށުން 15.9 މިލިއަން ރުފިޔާ ދޫކޮށްފި

07 މޭ 2025

|

ޢަލީ ޝަހީމް

ލ. އަތޮޅުގެ ރަށެއްގައި ދަނޑުވެރިކަން ކުރަނީ. ދަނޑުވެރި ނަފާ ލޯން ސްކީމްގެ އަދާހަމަ މިއަދު ވަނީ ހާމަކޮށްފަ. ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ދަނޑުވެރި ނަފާ ލޯން ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 15.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުގައި ބުނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 2019 ވަނަ އަހަރުގެ މާޗް މަހު ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ އެންމެ ގިނަ މީހުން ނަގާފައި ވަނީ ދެ މިލިއަނާ ހަމައަށް ނެގޭ ލޯނު ކަމަށެވެ. އެގޮތުން އެ ލޯނު 23 މީހަކަށް ދޫކޮށްފައިވާއިރު، އެއީ 14.5 މިލިއަން ރުފިޔާ އެވެ. އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނުގެ ދަށުން 18 މީހަކަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ދަނޑުވެރި ނަފާ ލޯނަށް ހުޅުވާލީ ދެ ކެޓަގަރީއަކުންނެވެ. ފުރަތަމަ ކެޓަގަރީއަކީ ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 100،000ރ. އާއި ހަމައަށް ނެގޭ ލޯނެވެ. ދެވަނަ ކެޓަގަރީއަކީ 100،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެވެ. އެ ލޯނު ދައްކަން ހަތް އަހަރުގެ މުއްދަތެއް ލިބެއެވެ. އެ ލޯނުތައް ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައެވެ.

ލޯން ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަންދެނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އޭގެތެރޭގައި އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިން، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، އެގްރޮފޮރަސްޓްރީ އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމު ކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު