ENGLISH

06 ޖުލައި 2025

Advertisement

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

07 މޭ 2025

|

ޝަރާ އަބްދުﷲ

ފޮޓޯ: އާއިޝަތު އަސްނާ ހަމްދީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަނުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރުހުން ދީފިއެވެ.

އަސްނާއަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެ ބައްދަލުވުމަށް ވަނީ އަސްނާ ހާޒިރުކޮށް އިންޓަވިއު ކޮށްފައެވެ. އަސްނާއަކީ މަޤާމަށް އެންމެ ޤާބިލު ފަރާތް ކަމަށް ކޮމިޓީން ކަނޑައެޅީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރައްވަން ރައީސުލްޖުމްހުރިއްޔާ، ނަން ފޮނުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އަސްނާ އަކީ އެމްއެމްއޭގެ ފިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ)ގެ ވެރިޔާ އެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު