ENGLISH

26 ނޮވެމްބަރު 2024

ކޭބަލް ނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މާލޭގައި ކޭބަލް ނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ. 

ހައްޔަރުކޮށްފައިވަނީ ގދ އަތޮޅަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން މި މީހާގެ ބަންދަށްވަނީ 15ދުވަސް ޖަހާފައެވެ. 

ކޯޓު އަމުރުގައި ބުނެފައިވަނީ އެ ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓަށް ބަލާއިރު އެ މީހާ އެ ކުށް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

މި މީހާ ކޭބަލް ނަރުތައް ވަގަށް ނަގާފައިވަނީ ތާޖުއްދީން ސްކޫލު ކައިރިން ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ނަރުތަކަކީ ވަގަށް ނަގާފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ގޮނޑުން ހޮވައިގެން ގެންގުޅޭ އެއްޗެއް ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މީހާ ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު