ENGLISH
27 ޖޫން 2026
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
27 ޖޫން 2026
|
މޫދަށް ވެއްޓުނު ބަގީ ނަގަނީ
އެންމެ މަޤްބޫލު
އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި ހާދިސާގައި ނިޔާވީ ހަންޏާމީދު، ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު ޢަރީޝް އެވެ. މި ހާދިސާ ހިނގީ ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރާ ސްޓާޓްކޮށް ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓި އެވެ.
ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ގޮސް އަނިޔާވި އެވެ.
ނިޔާވީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ޓެސްޓްތަައް ހަދާ ސާމްޕަލް ނެގުމަށް ފަހު ކުއްޖާގެ ޖަނާޒާ މިރޭ 12 ޖެހިއިރު ވަނީ ބާއްވާފަ އެވެ.