ENGLISH

27 ޖޫން 2026

Advertisement

މުލީގައި ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވައިފި

27 ޖޫން 2026

|

އިސްމާއިލް ޝާހު

މުލީގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މ. މުލީގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު މިރޭ ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މުލި ވޮލީ ކޯޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއް ވަނީ ކުޅެފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން މުލި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވުއިރު، ވ. ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓުވެސް ރަސްމީކޮށް ވަނީ ހުޅުވާފައެވެ.

މުލީގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ވޮލީ ކޯޓުތަކާއި، ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުތަކުގެ އިތުރުން ދުވާ ޓްރެކުތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު