ENGLISH

27 ޖޫން 2026

Advertisement

ފުލިދޫގައި ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

26 ޖޫން 2026

|

އިސްމާއިލް ޝާހު

ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ވ. ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު މިއަދު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ވޮލީބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ފުލިދޫގެ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. މި ކޯޓުގެ ސަބަބުން ވ. އަތޮޅުގައި ވޮލީބޯޅަ ފުޅާކޮށް ހުނަރުވެރި ކުޅުންތެރިން އުފެދުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ވޮލީ ކޯޓުތަކާއި، ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުތަކުގެ އިތުރުން ދުވާ ޓްރެކުތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު