ENGLISH

27 ޖޫން 2026

Advertisement

ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވާން 4 ދުވަސް

27 ޖޫން 2026

|

އައިމިނަތު ޝަފާ

މާލެ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ދަރިވަރުންތަކެއް. ފޮޓޯ؛ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ

މާލެ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފޯމު ހުށައަޅަންޖެހޭ އެންމެ ފަހުގެ ސުންގަޑިއަކީ ޖުލައި މަހުގެ ދެ ވަނަ ދުވަސްކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

މިއީ އެ ސްކޫލުން ކިޔަވަން ފަށާ ދެވަނަ ބެޗެވެ. ފުރަތަމަ ބެޗްގައި ފަސް ދާއިރާއަކުން 60 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައި އެ ސްކޫލަށް ހާއްސަކޮށްފައިވާ ފަންގިފިލާގައެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ކިޔަވަމުން ދަނީ، ދެ އަހަރު ދުވަހުގެ ކޯސްތަކެކެވެ. އެ ސްކޫލުން ދޭނީ ޔުނިވަސިޓީއަކުން ޑިގްރީއެއް ނޫނީ ޑިޕްލޮމާއެއް ފުރިހަމަ ކުރަން އެމްކިޔުއޭއިން ގަބޫލުކުރާ ލެވެލް 4ގެ ސެޓްފިކެޓެކެވެ. މިހާރު ކުރިއަށްދާ ބެޗްގައި ކިޔަވައިދެމުން ގެންދަނީ ފޮޓޯގްރަފީ، އައިޓީ، އާކިޓެކްޗާ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓެވެ.

މަތީ ސާނަވީގެ މަޖުބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް ވެސް އެ ސްކޫލުގެ ދަރިވަރުން ކިޔަވައެވެ.

ވުޒާރާއިން ކުރިން ބުނެފައިވަނީ، ވޮކޭޝަނަލް ޕާތްވޭއިން 500 ކުދިންނަށް ފުރުސަތު ދިނުމަކީ އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު