ENGLISH
05 ޖުލައި 2025
މަޖިލީހުން "މަސައްކަތް ނުކުރާ" ވާހަކަތަކަށް އަބްދުއްރަހީމް ރައްދު ދެއްވައިފި
07 މޭ 2025
|
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "މަސައްކަތް ނުކުރާ" ކަމަށް ދެކެވެމުންދާ ވާހަކަތަކަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ. މަޖިލީހަށް މިހާރު ފާޑުކިޔުން އަމާޒުވެފައިވާ އެއް ސަބަބަކީ ތަޅުމުގައި ޖަލްސާތައް ބާއްވާ ވަރު މަދުވެފައި، ޖަލްސާތައް ކުރުވުމެވެ.
އެހެންނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގެ ބޮޑު ބައި ހިނގަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ކޮމިޓީތަކުގަ އެވެ. އެހެންވެ އެއީ، މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ބުނެ މެމްބަރުން ބަދުނާމުކޮށް ވާހަކަދައްކަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާ ތަނަކީ މަޖިލީސްގެ ކޮމިޓީތައް. އެހެންވީމާ މަޖިލީހުގެ ތަޅުމުގައި މެމްބަރުން މަދުވުމަކުން ޖަލްސާއެއް އަވަހަށް ނިންމާލުމަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތައް ނިމުނީ ނޫންކަމަށް މީޑިއާތަކަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބައްލަވާ ފަރާތްތަކަށާއި އަދި ފާޑުވިދާޅުވާ ފަރާތްތަކަށް ވެސް އިތުރު ފަސޭހަކަމެއް މިކަމުގައި ގެނެސްދިނުމަށް މި ވާހަކަދަންނަވާލަނީ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ގައި ނިންމާލުމަށް ފަހު ޗުއްޓީއަށް ދިއުމަށް ތައްޔާރުވަމުންދާއިރު ރިޔާސަތުން ވިދާޅުވެފައި ވަނީ މަޖިލީހުން މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުހިއްމު ގާނޫނުތަކުގެ ކޮމިޓީ މަސައްކަތް ނިންމާލުމަށް ކަމަށެވެ.