ENGLISH
05 ޖުލައި 2025
މި އަހަރުގެ މިހާ ތަނަށް ރާއްޖެއަށް 3.8 މިލިއަން ގަސް އެތެރެކޮށްފި
07 މޭ 2025
|
މި އަހަރުގެ މިހާ ތަނަށް ރާއްޖެއަށް 3.8 މިލިއަން ގަސް އެތެރެކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން، 30 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގެ ތަފާސްހިސާބުތައް އާންމުކޮށް ބުނީ އެ މުއްދަތުގައި 405 ޝިޕްމެންޓް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ 3.86 މިލިއަން ގަސް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރާއްޖެ އެތެރެކުރި ޝިޕްމަންޓްތަކުގެ ތެރެއިން ގަވާއިދާ ޚިލާފުވެގެން 37 ޝިޕްމެންޓެއް ހިފެހެއްޓި އެވެ. އޭގައި ހުރީ 4،732 ގަހެވެ.
މިނިސްޓްރީން ދޫކުރި 368 ޝިޕްމެންޓުގައި ހިމެނެނީ 3.86 މިލިއަން ގަހެވެ.
މިނިސްޓްރީން ބުނި ގޮތުގައި 35 ޝިޕްމެންޓުގައި ހިމެނޭ 4،408 ގަސް ވަނީ ނައްތާލައިފައެވެ. އަދި ލިޔެކިޔުންތައް ހަމަކުރުމުން ދެ ޝިޕްމެންޓެއް ދޫކޮށް، އޭގައިވާ 324 ގަސް ވަނީ ހަވާލުކޮށްފައެވެ.
ރާއްޖެއަށް ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކުން މާގަހާއި އެކި ކަހަލަ މޭވާ އަޅާ ގަސްތައް އަބަދުވެސް އެތެރެކުރެ އެވެ. އެކަމަކު ގަސް ފަދަ ތަކެތި އެތެރެކުރުމަށް ޚާއްސަ ހުއްދަތަކެއް ނަގަން ޖެހެއެވެ.