ENGLISH
13 ސެޕްޓެމްބަރު 2025
ފުލުހުންގެ ތަމްރީނުގައި ހާލު ދެރަވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް
07 މޭ 2025
|
ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ތަމްރީނު ހަދަނިކޮށް ހާލު ދެރަވެ، ފަރުވާއަށް މާލެ ގެނައި 34 އަހަރުގެ ރެކްރޫޓުގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ފަތިހު 4:21 ހާއިރު ދަރިވަރުންނަށް ގޮވަމުން ދިޔައިރު މި ރެކްރޫޓް ޚަބަރެއް ނެތި އޮތްކަން ފާހަގަވެ، އަވަސް ފަރުވާ ދިނުމަށްފަހު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ.
އެއަށްފަހު އެ ދުވަހު 13:22 ގައި އެއާ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނެފައިވަނީ އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް އޭނާގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް ނުވަތަ އިތުރު ބައްޔެއް ހުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.