ENGLISH

05 ޖުލައި 2025

Advertisement

މޫސުން ގޯސްވުމާއެކު ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

07 މޭ 2025

|

އިސްމާއީލް ރާތިއު

މާލޭ މަގެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެމްއެމްޓީވީ

މޫސުން ގޯސްވުމާއެކު އެއްގަމާއި ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ އިދާރާއިންވަނީ، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ކަނޑުގަދަ ވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފައިވާތީ، އެއްގަމާއި ކަނޑު ދަތުރު ކުރުމުގައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ނެރެފައިވާ ސަމާލުތައް:

- ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު 08:00-14:00 ހުދު ސަމާލު

- ރ އަތޮޅުން ފެށިގެން އދ އަތޮޅަށް މިއަދު 06:30-11:30 ރީނދޫ ސަމާާލު

- ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދު 04:00-10:00 ހުދު ސަމާލު

ފުލުހުން ވަނީ އެއްގަމު ދަތުރުކުރާއިރު ކޮންޓްރޯލް ކުރެވޭ ވަރަކަށް އުޅަނދު ދުއްވުމާއި ވިއްސާރައިގައި ދުއްވާއިރު ހެޑްލައިޓު ދިއްލުމާއި ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. 

އަދި ކަނޑު ދަތުރު ކުރާއިރު، އުޅަނދަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުނާއި މުދާ ނޭރުވުމާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއި އުޅަނދުގައި ދަތުރުކުރާ އެންމެންވެސް ލައިފްޖެކެޓު އެޅުންފަދަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު