ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ޓެކްސީ ލައިން ހިންގަން އެމްޓީސީސީއަށް ސަބްސިޑީއެއް ނުދޭނެ: އަމީން

07 މޭ 2025

|

ޝިފްޒާން އަޙްމަދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، ފޮޓޯ: ރައީސް އޮފީސް

މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުގެ ފަރާތުން އެމްޓީސީސީ މެދުވެރިކޮށް ތައާރަފުކުރާ ޓެކްސީ ލައިން ހިންގުމަށް އެ ކުންފުންޏަށް ސަރުކާރުން ސަބްސިޑީއެއް ދޭންނުޖެހޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ސަރުކާރުން ރާވާފައިވަނީ ޓެކްސީ ލައިނަކީ އެ ހިދުމަތުން ލިބޭ އާމްދަނީން ފޯރުކޮށްދީ ދަމަހައްޓާ ހިދުމަތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ކަމަށެވެ. 

އަމީނު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމުގެ ގޮތުން ކެޕިޓަލް އިންވެސްޓުމެންޓުގެ ގޮތުގައި ސަރުކާރުން އެމްޓީސީސީއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. 

އަމީނު މިއަދުވެސް ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގައި ފަށާ ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ކުރަމުންދާ އެއްވެސް މީހަކަށް ގެއްލުންނުވާނެ ކަމަށެވެ. ޓެކްސީ ލައިނެއް އެމްޓީސީސީން ތައާރަފުކުރިޔަސް މިހާރު ޓެކްސީ ހިދުމަތްދޭ މީހުންނަށް އެ ހިދުމަތުގައި ދެމިތިބެވޭނެކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ މިހާރު ހިދުމަތް ދޭ މީހުންނަށް އައު ޓެކްސީ ލައިނުގެ ވަޒީފާއާވެސް ގުޅެވޭނެ ކަމަށެވެ. 

އިތުރަށް އަމީނު ވިދާޅުވީ ޓެކްސީ ލައިނަށް 100 ޓެކްސީ ތައާރަފުކުރުމުގެ މަގުސަދަކީވެސް މިހާރު ހިދުމަތް ދެމުންދާ ފަރާތްތަކަށް ދަތިނުވާނެހެން ހިދުމަތް ތައާރަފުކުރުން ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމުގެ މަގުސަދަކީ މިހާރު އެކަންކުރާ ބަޔަކު ހުއްޓުވުން ނޫންކަން ތަކުރާރުކޮށް އަމީނު ފާހަގަކުރެއްވިއެވެ. 

އަމީނު ވިދާޅުވީ ޓެކްސީ ލައިން ހިދުމަތަށް ނެރުވުމުން އަމިއްލައަށް ހިދުމަތް ފޯރުކޮށްދޭ މީހުންގެ ކާރުތަކާއި ސަރުކާރުގެ ޓެކްސީ ލައިނުގެ ކާރުތައް ގުޅިގެން ދިއުމުން މާލޭގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަަށެވެ. އަދި ޓެކްސީ ލައިނު ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ މާލެއިން ޓެކްސީ ނުލިބުމުގެ ހިދުމަތް ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު