ENGLISH
06 ޖުލައި 2025
މިނާވަރު އަތުލަން ނިންމި ސަބަބު މިނިސްޓްރީން ސާފުކޮށް ދީފި
06 މޭ 2025
|
ސަން ކުންފުނީގެ ވެރިޔާ ސިޔާމް
ސަން ޓްރެވަލްސް ކުންފުންޏަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމި ސަބަބުތައް އެގްރިކަލްޗަރު މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށް ސަން އަތުން ނަަގަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ނުކުރުމުން ކަމަށެވެ.
މިނާވަރު ކުއްޔަށް ދިނީ ދަނޑުވެރިކަމާއި ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގެ މަސައްކަތަށެވެ. މިނިސްޓްރީން ބުނީ މިދިޔަ މުއްދަތުގައި އެފަދަ އެއްވެސް މަސައްކަތެއް އެ ރަށުގައި ކޮށްފައި ނެތް ކަަމަށެވެ.
އެހެން ކަމުން މާޗް 19 ވަނަ ދުވަހު, ކަންކަން އިސްލާހު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. އެ މުއްދަތު ދިނީ ދޫކޮށްފައިވާ ރަށްރަށުގައި އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މޮނިޓަރިން މަސައްްކަތުން އެކަން ފާހަގަ ވުމުންނެވެ.
ނަމަވެސް މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެެއްބަސްވުމާއި އެއްގޮތަށް ކަންކަން ރަނގަޅު ކޮށްފައި ނުވާ ކަަމަށް ވަނީ ބުނެފަ އެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ވެސް އެ ރަށް ނަގަން ނިންމި އެވެ.
ސަން ޓްރެވަލްސް ކުންފުންޏަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމި ސަބަބުތައް ހާމަކޮށްފައި މިވަނީ ހަޤީޤަތް އޮޅުވާލަން ބަޔަކު ގަސްތުގައި ދޮގު ވާހަކަތަކެއް ފަތުރަމުން ދަނިކޮށެވެ.