ENGLISH

06 ޖުލައި 2025

Advertisement

މިދިޔަ އަހަރުގެ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

06 މޭ 2025

|

އިސްމާއީލް ރާތިއު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޚުޠުބާ ވިދާޅުވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިދިޔަ އަހަރު ކިޔާފައިވާ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާގެ ފޮތެއް ނެރެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ، ހުކުރު ޚުޠުބާގެ އިތުރުން ދެ ޢީދު ޚުޠުބާއާ އެކު ޖުމްލަ 35 ޚުޠުބާގެ ތަރުޖަމާ މިފޮތުގައި އެކުލެވިގެންވާ ކަމަށެވެ.

ކޮންމެ ހަފްތާއެއްގެ ޚުޠުބާ ތިން ބަހަކުން އެ ވުޒާރާގެ ވެބްސައިޓުންނާއި، މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރެއެވެ. އެއީ، ދިވެހިބަހުގެ އިތުރުން އިނގިރޭސިބަހާއި ބަންގްލާ ބަހެވެ.

މީގެ އިތުރުން، ޚުޠުބާ ކިޔަމުންދާ ވަގުތު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ، ވުޒާރާގެ ފޭސްބުކް ލައިވް އިންނާއި، ޓީވީއިން ފޮނުވަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. މިކަންކަމަކީ، ވީހާވެސް ގިނަ ބަޔަކަށް ޚުޠުބާގައި ދައްކާފައިވާ ވާހަކަތައް އަންގައިދިނުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު