ENGLISH
05 ޖުލައި 2025
އިސްކަންދެނީ ޚިދުމަތްތަކާ ގުޅޭ ބިލުތައް އަވަހަށް ފާސްކުރަން: މަޖިލީސް ރައީސް
06 މޭ 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ، ރައްޔިތުންނަށް ޚިދުމަތް ދޭން ބޭނުންވާނެ ގާނޫނުތައް އަވަހަށް ފާސްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުން، މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ގައި ނިންމާލުމަށް ފަހު ޗުއްޓީއަށް ދާނެކަން އިއުލާނުކުރެެއްވި އެވެ.
ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުން ފާސްކުރަންޖެހޭ މުހިއްމު ބިލުތަކެއް ހުރިކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަލިބޭ ގޮތަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.
"އެގޮތުން ބަލާއިރު މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އެ މަސައްކަތްތައް ނިންމައި، މަޖިލީހުން ފާސްކުރެވިގެން މިއަންނަނީ ކޮމިޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން." އަބްދުއްރަހީމް ވިދާޅުވި އެވެ.
ދެ ހަފްތާގެ ޗުއްޓީއަކަށް ފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހު އެވެ.