ENGLISH

06 ޖުލައި 2025

Advertisement

ޕީއެސްއެމުން ވަކި ސިޔާސީ މަސްލަހަތެއް ހިމާޔަތްކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

06 މޭ 2025

|

އުމްނާ އިސްމާޢީލް

ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ، ޕިއެސްއެމް އުފެއްދި ގާނޫނީ މަގްސަދާއި ޚިލާފުވެ، ވަކި ސިޔާސީ މަސްލަހަތެއް ހިމާޔަތްކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޕީއެސްއެމްއިން ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ.

މެމްބަރު ތުހުމަތު ކުރެއްވި ގޮތުގައި ޕީއެސްއެމް އިން ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި ދީނީ އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި އެ ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގެ މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަށް މަސައްކަތެއް ނުކުރެއެވެ.

މެމްބަރު ވިދާޅުވީ ޕީއެސްއެމް އިން މަސައްކަތް ކުރަނީ "ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެގެން" ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި، 45 މެމްބަރުން ނިންމެވީ އެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ. މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު