ENGLISH

05 ޖުލައި 2025

Advertisement

އިންޑިއާގެ 74 ސިފައިން ފޮނުވާލައިފިން، ހަތިޔާރެއް ނުގެންގުޅޭ: ޣައްސާން

06 މޭ 2025

|

އުމްނާ އިސްމާޢީލް

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި އެ މީހުން ހަރަކާތްތެރިވީ ހަތިޔާރަކާއި ނުލާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް  ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށެވެ.

އަދި ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ ތެެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ:

  • ހދ. ހަނިމާދޫ: 25 ސިފައިން
  • ލ . ކައްދޫ: 25 ސިފައިން
  • ސ. ގަން: 24 ސިފައިން

ރާއްޖޭގައި ގާއިމުގެން ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެކު އިންޑިއާގެ ހެލިކޮޕްޓަރުތަކާއިި ޑޯނިއާ ބޯޓުތައް ރާއްޖޭގައި ދުއްވި އިންޑިއާގެ އެ ސިފައިންގެ ފުރުވާލީ މިދިޔަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު