ENGLISH
05 ޖުލައި 2025
އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ "ކޮންފިޑެންޝިއަލް ކްލޯސް" ގެ ސަބަބުން: ޣައްސާން
06 މޭ 2025
|
އިންޑިންޑިޔާއާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދިފާޢީ ވަޒީރު ޣައްސަން މިއަދު ވިދާޅުވެފައިވަނީ އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނިފައިވާތީ ކަމަށެވެ.
މި ވާހަކަ ދިފާޢީ ވަޒީރު ހާމަކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވަނީ، ދިވެހި ސަރުކާރުން އިންޑިޔާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް މިހާތަނަށް ހާމަ ނުކޮށް އޮތީ ކޮން ސަބަބަބާ ހުރެތޯ ސުވާލު ކުރައްވާފައެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުށުއަރާ ގޮތަށް އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާ އެފަދަ އެއްބަސްވުންތައް ބަލައި، އޭގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
އަދި މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ މާއްދާތަކަށް ބަދަލު ގެންނަވާފައިވާ ކަމަށާއި، އެއްބަސްވުންތައް ހާމަކުރުމަށް ކަމާބެހޭ ޤައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެއްބަސްވުންތައް ހާމަކުރުމަށް އެ ޤައުމުތަކާ އެކު މަޝްވަރާތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި ޣައްސާން ވިދާޅުވެފައިވަނީ އެއްބަސްވުމަކާ ގުޅޭ މައުލޫމާތެއް ނަމަވެސް އެއްވެސް މައުލޫމާތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދިއްޖެނަމަ އެ މައުލޫމާތެއް އެ ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރަށް މިއަދުވެސް ޣައްސާން ވިދާޅުވީ އިންޑިޔާއާ ރާއްޖެއާ ދެމެދުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނޭ އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތް ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ.