ENGLISH
05 ޖުލައި 2025
އެމްބީއެސް އިންވެސްޓްމަންޓްސް ގެ ޗެއަރމަން، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
05 މޭ 2025
|
އެމްބީއެސް އިންވެސްޓްމަންޓްސް ގެ ޗެއަރމަން، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
އެމްބީއެސް. އިންވެސްޓްމަންޓްސް ގެ ޗެއަރމަން، ހިޒް އެކްސެލެންސީ މަރްވާން އަލްހާޖިރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއް ކަމުގައިވާ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ގުޅިގެން ދެ ފަރާތަށް ފައިދާވާނެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ކާމިޔާބު ކަމާއެކު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.