ENGLISH

05 މޭ 2025

Advertisement

17 އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް

05 މޭ 2025

|

އަޙުމަދު ޙަމީދު

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އިހުތިޖާޖެއް -- ފޮޓޯ: ދިޔަރެސް

އުމުރުން 17 އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ނޯތް ޕޮލިސް ރީޖަން (ނ, ރ, ބ, ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ގެންދަނީ ގުޅުން ހުރި އިދާރާތަކާއެކު މި މައްސަލަ ތަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު