ENGLISH
05 މޭ 2025
ބާރަށުގައި ސިހުރުވެރީން ހޯދަން އޮޕަރޭޝަނެއް، 8 މީހަކު ބަންދުކޮށް ސުވާލުކޮށްފި
05 މޭ 2025
|
ހއ. ބާރަށް
ތިލަންދުންމަތީ އުތުރުބުރީ ބާރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ހިންގާ ބަޔަކާއި ސުވާލުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ބާރަށުގައި ސިހުރުހާހޫރަ ހަދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ފެށީ މިއަދު ހެނދުނު 7:00 ގަ އެވެ.
މި އޮޕަރޭޝަންގައި އެ ރަށުގެ އަށް ތަނެއް ބަލާ ފާސްކޮށްފައިވެ އެވެ. އަދި މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކޮށްފައިވާ ކަމަށާ މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންދާ ކަމަށެވެ.