ENGLISH

05 މޭ 2025

Advertisement

ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި މިދިޔަ މަހު 39 މީހަކު ޖޫރިމަނާ ކުރި

05 މޭ 2025

|

އަޙުމަދު ޙަމީދު

މީހަކު ވޭޕް ކުރަނީ

ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި މިދިޔަ މަހު 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވޭޕު ކުރުމާއި ވޭޕް ވިއްކުމާއި ބެހުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ކުރާ ސާމާނާއި އެއާ ގުޅުންހުރި ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

ފުލުހުން ދަނީ އެކަން ތަންފީޒު ކުުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާ ކުރީ 192,500 ރުފިޔާ އިންނެވެ.

ރާއްޖޭގައި ވޭޕް މަނާކުރީ ވޭޕް ބޭނުން ކުރުން ވަރަށް ބޮޑަށް އިތުރުވެ ކުޑަކުދީންގެ މެދުގައިވެސް އެ ވަބާ ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށެވެ. ސަރުކާރުން އެ ފިޔަވަޅު އެޅީ އެކަމަށް ވަރަށް ގިނަ ބަޔަކު އެދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު