ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

05 މޭ 2025

|

އަޙުމަދު ޙަމީދު

ޗައިނާ ސަފީރު ފަތްކޮޅު އެރުވުން

ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮންގް ޝިއަންހުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފި އެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސަފީރުގެ ފަތްކޮޅު އެެެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަފީރާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލްވުމުގެ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަދި ދެ ޤައުމުން އިސްކަން ދޭ ކަންކަމާއި މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުުރެއްވުމާއި މެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ޗައިނާ ސަފީރު ވަނީ ރާއްޖޭގެއިން ބޭނުންވާ ކަންކަމުގައި ޗައިނާގެ މަދަދާއި އެހީތެރިކަން އަދި ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.

ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ޗައިނާއާ ރާއްޖެ ގުޅުން ޤާއިމު ކުރީ އޮކްޓޫބަރު 14, 1972 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު