ENGLISH
06 ޖުލައި 2025
ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ބައިނަލްއަޤުވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި
05 މޭ 2025
|
އެމްއެފްއައިސީ ގެ ބިންގާ އެޅުން - ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤުވާމީ މާލީ މަރުކަޒު، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
މި މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލޭ ފޭސް ތިނެއްގައި ތަރައްގީކުރާ މިމަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެކަމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް ޝައިޚް ނާޔިފް ބިން ޢީދް އަލް ޘާނީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މި މަޝްރޫއާއެކު ރާއްޖެގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުކޮށްލާ، ފަތުރުވެރިކަމުގެ ސިނާއަތް އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެ މަރުކަޒު ގާއިމުކުރާނީ 780،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެެއްގައެވެ. އަދި މި ސަރަހައްދުގައި 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލަކު 35،000 މީހުންނަށް މި ސަރަހައްދަށް ޒިޔާރަތްކުރެވޭނެކަމަށް ލަފާކުރެވެއެވެ.
މިއީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށްގެންދާ 8.8 ބިލިޔަން ޑޮލަރުގެ މަސައްކަތެކެވެ.