ENGLISH

05 މޭ 2025

Advertisement

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި

05 މޭ 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ ބަންދަށް ގެންދިޔަ މީހާ

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) އެ ވަގުތުހުރީ މަސްތުގެ ހާލަތުގައިގަން ދެނެގަނެވިފައިވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު