ENGLISH

05 ޖުލައި 2025

Advertisement

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން 11 ޕަސެންޓު ކްލާސްރޫމްގައި އޭސީ ހަރުކޮށްފި

05 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ސަރުކާރުން ކުރިއަށްގެންދާ ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް 11 ޕަސެންޓު ކްލާސްރޫމްގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީޢު ވިދާޅުވީ، ރާއްޖޭގައި ތަޢުލީމު ހާސިލުކުރަމުންދާ 3,740 ކްލާސްރޫމުގެ ތެރެއިން 401 ކްލާސްރޫމުގައި 802 އޭސީ ހަރުކޮށް ނިމިފައިވާ ކަމަށެވެ. 

"ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 3،740 ކްލާސް ރޫމުގައި ދަރިވަރުން ތައުލީމު ހާސިލުކުރަމުން މިދަނީ. މީގެތެރެއިން އަޅގަނޑުމެންނަށް މިހާރު 802 އެސީ 401 ކްލާސްރޫމުގައި ހަރުކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އޭސީ ނުކުރެވި ހުރި ސްކޫލްތަކަށް ގަނޑުކޮށް އޭސީތައް މި މަހު ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިޢުލާންކުރި މި މަޝްރޫޢު ދެ އަހަރު ތެރޭގައި ނިންމާލަން އަމާޒުހިފި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު މި އަހަރު ތެރޭގައި ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމާލާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު