ENGLISH
05 މޭ 2025
ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެ ފަރުވާ ދެނީ
04 މޭ 2025
|
އައިޖީއެމްއެޗް -- ފޮޓޯ: ސަން
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ މެއި 4 ވަނަ ދުވަހުގެ ފަތިހު 4:21 އެހައިކަންހާއިރު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 4:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވެ އެވެ.
އަދި ޑޮކްޓަރުގެ ލަފާގެ މަތިން، 4:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެ އެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 1:22 ގައި އެއަރ އެމްބިއުލާންސް ގައި މާލެ ގެނެސް ދަނީ ފަރުވާ ދެމުންދާ ކަމަށެވެ.
މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް ބުންޏެވެ.