ENGLISH

06 ޖުލައި 2025

Advertisement

ރައީސްގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ސަމާލުކަމަަށް؛ 15 ގަޑިއިރު، 300 އަށްވުރެ ގިނަ ސުވާލު

04 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި އަހަަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޚަބަރުތަކަށް ބައިނަލްއަގުވާމީ މީޑިޔާގެ ފަލަަސުރުޚީތަކުން ޖާގަ ލިބިއްޖެއެވެ. 

އިއްޔެ ހެނދުނު 10:00 ގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވި ގޮތަށް އެ ބައްސަލުވުމަށް ހާޒިރުވި ހުރިހާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި ނިންމަވައިލެއްވީ މެންދަަމުން އަލިވެ 01:00 ޖެހުމާ ކައިރިވެފައިވަނިކޮށެވެ. 

މި ނޫސްވެރިންގެ ބައްދަލުވުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ނޫސްވެރިން ބޭނުން އަދަދަކަށް ސުވާލުކުރުމުގެ ފުރުސަަތު ލިބޭ ގޮތަށް ކުރިއަށްގެންދިއުމުންނެވެ. ބައެއް ނޫސްވެރިން އެތައް ފަހަރަކު ރައީސާ ސުވާލުކުރިއެވެ. އެނޫސްވެރިންވަނީ ތަކުރާރުކޮށް އެއް ސުވާލެއް ކޮށްފައެވެ. ބައެއް ނޫސްވެރިން ހުއްޓާނުލައި ފުލުފުލުގައި ސުވާލުކުރަމުންދިޔައެވެ. 

އެ ހުރިހާ ސުވާލުތަކަށް ރައީސް ގެންދެވީ މެދުކެނޑުމެއްނެތި ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިންގެ ގޮނޑިތަކުގައި އިށީނދެ ތިބިއިރު ރައީސް ހުންނެވީ ކޮޅަށެވެ. ނަމާދު ވަގުތުުތައް ހިމެނޭހެން ހަތަރު ވަރަކަށް ފަހަރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑައިލެއްވި ނަމަވެސް ގިނަ ވަގުތު އެމަނިކުފާނު ހުންނެވީ ޖަވާބުދެއްވުމުގައެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި 36 ނޫސްވެރިން ބައިވެރިވެ ރައީސާ ސުވާލުކޮށްފައިވެއެވެ. ހުރިހާ ނޫސްވެރިންނަށްވެސް ސުވާލުކުރުމަށް ފުރުސަތު ދިނެވެ. އަދި ސުވާލުކުރަން ބޭނުންވި ނޫސްވެރިންގެ ތެރެއިން އެތައް ފަހަރަކު ސުވާލުކުރަން ބޭނުންވި ނޫސްވެރިންނަށް އެ ފުރުސަތުވެސް ރައީސް އޮފީހުން ދީފައިވެއެވެ. 

ރައީސާ ނޫސްވެރިން ކުރި ސުވާލުތައް ގުނައިލުމުން ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ސުވާލު އެމަނިކުފާނާ ކޮށްފައިވާކަން ފާހަގަވެއެވެ. 

ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކުރަމުން އަންނަނީ މި ނޫސްވެރިންގެ ބައްދަލުވުމުގެ ދިގުކަމުންނެވެ. މީގެ ކުރިން އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ ޔޫކުރެއިނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީއެވެ. ޒެލެންސްކީގެ 14 ގަޑިއިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަަލުވުމުގައި އޭނާ އިންނެވީ އިށީނދެވަޑައިގެންނެވެ. ފަހަރަކު ނޫސްވެރިންގެ ގުރޫޕެއް ގެންނަވައިގެން ވަށް މޭޒެއްގެ ވަށައިގެން ނޫސްވެރިން ބައިތިއްބަވައިގެން މެދުގައި އިންނަވައިގެން ސުވާލުތަކަށް ޖަވާބުދެއްވީއެވެ. 

ރައީސްގެ ނޫސްވެރިންގެ ބައްދަަލުވުން ގާތްގަނޑަކަށް 15 ގަޑިއިރަށް ދެމިގެންދިޔައިރު، އެ ބައްދަލުވުމުގައި ރައީސް ކޮޅަށް ހުންނަވައިގެން ބައްދަލުވުމަށް ހާޒިރުވި ހުރިހާ ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ދެއްވައިގެން ޖަވާބުދެއްވަމުން ގެންދެވިއެވެ. 

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުވަނީ ހާމަކަންބޮޑު ގޮތެއްގައި ސަރުކާރު ހިންގެވުމާއި، ހުރިހާ މައުލޫމާތެއް ރައްޔިތުންނަަށް ހާމަކުރަމުންދިއުމަކީ އިސްކަންދެއްވާ ސިޔާސަތުތަކެއް ކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ފާއިތުވި ދުވަސްތަކަށްވުރެ ގިނައިން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު