ENGLISH
06 ޖުލައި 2025
ކައުންސިލުތައް ބާރުވެރިކުރުވުން؛ މާލީ މިނިވަންކަމަށް ބިންވެރިކަން
04 މޭ 2025
|
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކައުންސިލެއްގެ މެންބަރުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މަފުހޫމު ގާނޫނޫއަސާސީގައި ލިޔެވި އެއަށް އަމަލުކުރަން ފެށިފަހުން ވުޖޫދުވި ކޮންމެ ސަރުކާރަކުންމެ ވައުދުވާ ކަމެކެވެ. ކައުންސިލުތައް ބާރުވެރިކުރުވައި، މާލީ ގޮތުން ވިލުންތެރި ތަންތަނަށް ހަދައި، އެ ކައުންސިލެއްގެ ބެލުމުގެ ދަށުގައި ތިބޭ ރައްޔިތުންނަށް ހިދުމަތްދިނުމަށް ބޭނުންވާ މާލީ އަދި އިދާރީ ގާބިލުކަން ހޯދައިދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަން ބުނާ ކަމެކެވެ.
ނަމަވެސް ފާއިތުވި މުއްދަަތަށް ބަލާއިރު މިކަންކަން އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ހުރި ތަނެއް ނުފެނެއެވެ. ކައުންސިލުތަކުގެ އިހުތިސާސުގައި ހުރި ވަސީލަތްތައް ބޭނުންކުރުމުގައި އެކަށީގެންވާ މިނިވަންކަން ކައުންސިލުތަކަށް ނޯންނަކަމަށް ކައުންސިލުތަކުން ބުނެއެވެ.
ނަމަވެސް މި ހަގީގަތް ބަދަލުކުރައްވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރައްވަން އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވެއެވެ. އެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ސިޔާސަތަކީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުވުމަށް ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް އިތުރުކޮށްދެއްވުމެވެ.
ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އިތުރުކޮށްދިނުމަށް ސަރުކާރުން މައިގަނޑު ތިން ސިޔާސަތެއް ތަންފީޒުކުރަމުންދެއެވެ. އެއީ ކައުންސިލުތަކުގެ އިހުތިސާސުގެ ތެރެއަށް އިތުރު ފަޅުރަށް ހިމެނުއްވުމާއި، އިހުތިސާސުގެ ތެރޭގައި ފަޅުރަށެއް ނުހިމެނޭ ނުވަތަ ހިމަނައިދެވޭނެ ގޮތެއް ނެތް ރަށްރަށުުގެ ކައުންސިލުތަކަށް ފަޅުރަށްތަައް ހަމަޖެއްސުމާއި، ރަށްރަށުގެ ބިމުގެ ތެރެއަށް ކައިރި އެހެން ބިންތައް އިތުރުކޮށްދިނުމެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒުވަނީ ސަރުކާރުން މި ތިން ސިޔާސަތުގެ ތެރެއިން ކައުންސިލުތައް ބިންވެރިކޮށްދީފައިވާ ގޮތުގެ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބައެއް ކައުންސިލުތަކުގެ އިހުތިސާސުގެ ތެރެއަށް އިތުރުކޮށްދެއްވި ރަށްތަކާއި، ކައުންސިލުތަކުން އިގުތިސާދީ ހަރަކާތްތައް ހިންގުމަށް ހަވާލުކޮށްފައިވާ ފަޅުރަށްތަކާއި ރަށްރަށުގެ ބިމުގެ ތެރެއަށް އިތުރުކޮށްދެއްވާފައިވާ ރަށްރަށުގެ ތަފުސީލުތައް ރައީސް ހިއްސާކުރެއްވިއެވެ.
ހ- މ.މުލީގެ އިދާރީ ދާއިރާގެ އިޚުތިޞާޞުގެ ތެރެއަށް: މ.ބޯހުރާ ހިމެނުން
ށ- ލ.ގަމުގެ އިދާރީ ދާއިރާގެ އިޚުތިޞާޞުގެ ތެރެއަށް: ލ.ބޮޑުފިނޮޅު ހިމެނުން
ނ- ގއ.މާމެންދޫގެ އިދާރީ ދާއިރާގެ އިޚުތިޞާޞުގެ ތެރެއަށް ގއ.ހުޅިމެންދޫ ހިމެނުން
ހ- ބ.އޭދަފުށީގެ ބިމުގެ ތެރެއަށް ބ.މާއްޑޫ އިތުރުކުރުން
ށ- އއ.ބޮޑުފުޅަދޫގެ ބިމުގެ ތެރެއަށް އއ.ވެލިދޫދިއްގާ އިތުރުކުރުން
ނ- އއ.އުކުޅަހުގެ ބައެއްގެ ގޮތުގައި އއ.ގަލަގިލި ފަޅު އިތުރުކުރުން
ރ- ނ.މާފަރުގެ ބައެއްގެ ގޮތުގައި ނ.ފަރުމުލިއާއި ނ.ކަނޑިންމާހުރާ އިތުރުކުރުން
ބ- އދ.މަހިބަދޫގެ ބައެއްގެ ގޮތުގައި އދ.މާފަރުފަޅު އިތުރުކުރުން
ޅ- ހއ.ތުރާކުނުގެ ބައެއްގެ ގޮތުގައި ހއ.ވަނގާރު އިތުރުކުުން
ކ- އއ.ތޮއްޑޫގެ ބައެއްގެ ގޮތުގައި އެ އަތޮޅުގެ ފަޅެއްގެ 200 ހެކްޓަރެއްގެ ސަރަހައްދު އިތުރުކުރުން
އ- އއ.އަތޮޅުގެ ފަޅެއްގެ 200 ހެކްޓަރުގެ ބިމެއް އއ.ރަސްދޫގެ ބައެއްގެ ގޮތުގައި އިތުރުކުރުން
މ- ރ.މީދޫގެ ބައެއްގެ ގޮތުގައި ރ.ތާވަތާއަކީ އިތުރުކުރުން
ވ- ރ.މަޑުއްވަރީގެ ބައެއްގެ ގޮތުގައި ރ.އުފުލަންދޫ އިތުރުކުރުން
ފ- ހދ.ނެއްލައިދޫގެ ބައެއް ކަމށް ހދ.ހިރިނައިދޫ އިތުރުކުރުން
ހ- ރ.އިނގުރައިދޫ ކައުންސިލަށް ރ.ނެޔޮ
ށ- ދ.އަތޮޅު ކައުންސިލަށް ދ.މިނިމަސްގަލި އަދި ދ.ފެންފުށި
ނ- ލ.މާވަށު ކައުންސިލަށް ލ.ބޮޑުމާބުޅަލި
ދިވެހިރާއްޖެ ފަދަ ގުދުރަތީ ވަސީލަތްތައް މަދު ގައުމެއްގައި އެންމެ އަގު ބޮޑު ވަސީލަތަކީ ބިމެވެ. ބިމުގެ ވަސީލަތް ތަދު އަދި އެހާމެ އަގު ބޮޑު މި ގައުމުގައި ކައުންސިލުތަކުގެ އިހުތިސާސަށް ބިން އިތުރުކުރެވި، ކައުންސިލުތަކަށް އެބިންތަކުން އާމްދަނީ ހޯދޭނެ މަގުފަހިވެގެން ދިއުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުވައި ރަށްރަށުގެ އިގުތިސާދަށް ދިރުން ގެނައުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.
"މީގެ ބޭނުމަކީ އެރަަށްރަށުގެ ރައްޔިތުން ބޭނުންވާ އިގުތިސާދީ ކަންކަން ކުރުމާއި ބޯހިޔާވަހިކަމުގެ މަސައްކަތްކުރުމާއި މިހެން ގޮސް ކަންކަން ކުރުމަށް ބިން ލިބިގެންމިދަނީ. އެހެންވީމާ ލާމަރުކަޒީކޮށް ކަންކަން ކުރުމަށް ރައްޔިތުން ބޭނުންވާ ކަންކަމަށް މަގުފަހި މިކުރެވެނީ،" ރައީސް ވިދާޅުވިއެވެ.
ކައުންސިލުތައް ބާރުވެރިކުރުވުމަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް އަމަލީ ގޮތުން ކައުންސިލުތަކަަށް ބާރުވެރިކަން ހާސިލުކުރެވޭނެ ވަސީލަތްތަކެއް ފަހިކޮށްދިނުމުގެ މަސައްކަތެއް މިހާތަނަށް ދެމެހެއްޓެނެވި ނިޒާމީ ގޮތެއްގައި ސަރުކާރަކުން ކޮށްފައި ނެތީސް އެ މަސައްކަތް ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ކުރިއަށްގެންދަވާ ގެންދެވުމަކީ ދުރު ރާސްތާގައި ކައުންސިލުުތަކުގެ ދައުރު ފުޅާވުމަށް ކޮށައިދެވޭ