ENGLISH

06 ޖުލައި 2025

Advertisement

ފެނިގެން މި ދިޔައީ ރައީސް މުޢިއްޒު މަސައްކަތަށް ދެއްވަވާ އަހައްމިއްޔަތުކަން: ޣައްސާން

04 މޭ 2025

|

ޝަރާ އަބްދުﷲ

ރައީސް މުޢިއްޒު އަދި ޑިފެންސް މިނިސްޓާރ ޣައްސާން. --ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެން ދިޔައީ ރައީސް މަސައްކަތަށް ދެއްވަވާ އަހައްމިއްޔަތުކަން ކަމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާނެ ކަމަށް ވިދާޅުވި ނޫސްވެރީންގެ ބައްދަލުވުން އިއްޔެ ބާއްވަވާފައިވާއިރު، ހެނދުނު 10:00 އިން ފެށިގެން މެންދަމު 12:54 އާ ހަމައަށް އެ ނޫސްވެރިންގެ ބައްދަލުވުން ވަނީ ކުރިއަށް ގެންދަވާފައެވެ.

ނޫސްވެރީންގެ ބައްދަލްވުން މެދުކަނޑާލެއްވީ ހަތަރު ފަހަރު އެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލިކަމެއްނެތި ދެއްވާ ވަގުތު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މިއީ ކޮންމެ ދުވަހަކު ރައީސް މުޢިއްޒު ގެންގުޅުއްވާ ވޯކް އެތިކް. އައްސަރިބަހާއި ސާބަސް. މުޅި ޤައުމު ރައީސް މުޢިއްޒަށް ފަޚުރުވެރިވޭ" - ޣައްޞާން

އެމަނިކުފާނު ގެންދެވީ ނޫސްވެރީންގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެރީންނަށް ބޭނުން ސުވާލެއް ކުރެއްވުމަށް ފުރުސަތު ދެއްވަމުންނެވެ. މިއީ ދިވެހި ރައީސަކު މިފަދަ ގޮތަކަށް މިހާ ގިނަ ވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޭދަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ނޫސްވެރީންގެ ބައްދަލުވުމުގައި މި ހުރިހާ ވަގުތަކު އެމަނިކުފާނު ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ. ނޫސްވެރީން ތިބީ ގޮނޑިތަކުގައި އިށީންދެގެނެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެެރީން ބޭނުން ސުވާލެއް ކުރަން ރައީސް ވަނީ ފުރުސަތު ދެއްވާފަ އެވެ. ބައެއް ނޫސްވެރީން ބައިގަޑިއިރަށް ވުރެ ގިނައިރު ސުވާލުކޮށްކޮށް ތިއްބެވެ. ތިން ހަތަރު ފަހަރު މަތީން ފުރުސަތު ހޯދައިގެން ސުވާލު ކުރަން ބޭނުންވި ނޫސްވެރީންނަށް ވެސް ފުރުސަތު ދިނެވެ.

ބައެއް ނޫސްވެރީން ވަރަށް ޒާތީކޮށް އަދި ބަޔަކު ގަސްތުގައި ފަތުރާފައިވާ ދޮގު އެތައް ވާހަކަތަކެއް ހިމެނޭހެން ނޫސްވެރީން ސުވާލުކުރުމުން ވެސް އެމަނިކުފާނު ސާދާކަމާއެކު ޖަވާާބު ދެއްވި އެވެ.

އިއްޔެގެ ނޫސްވެރީންގެ ބައްދަލުވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނީ ރައީސް މުއިއްޒުގެ ކެތްތެރިކަމެވެ. ނޫސްވެރީންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމެވެ. ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ފާހަގަ ކުރަމުންނެވެ.

މީގެ އިތުރުން، ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، އެ ނޫސްވެރިންގެ ބައްދަލުވުމަކީ، މިހާތަނަށް ރެކޯޑް ކުރެެވިފައިވާ އެންމެ ދިގު ނޫސްވެރީންގެ ބައްދަލުވުމެވެ. ގާތްގަނޑަކަށް 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާ އެކު، މިހާތަނަށް ޤައުމެއްގެ ވެރިއަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުުވުމުގެ ރެކޯޑް ރައީސް ވަނީ މުގުރާލައްވައިފި އެވެ.

މީގެ ކުރިން އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެވެ. 2019 ވަނަ އަހަރު ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު 14 ގަޑިއިރު ހޭދަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު